މެޑިކަލް މަޖައްލާއެއް ކަމަށްވާ "ދަ ބީއެމްޖޭ" ގައި ޝާއިއުކޮށްފައިވާ ޖާމިއު ސިއްހީ ރިވިއުއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، އިންތިހާއަށް ހޫނުގަދަވުމުގެ އިތުރުން އިސްތިވާއީ ޖަންގަލިތައް ކެނޑުމުގެ ސަބަބުން، ވާލުގެ އެހީގައި ފެތުރޭ ފުރާނައަށް ނުރައްކާތެރި ވައިރަސްތައް އިންސާނުންގެ ތެރެއަށް ފެތުރުން ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މޫސުމީ ބަދަލުތަކާއި ޖަންގަލިތައް ނައްތާލުމުގެ ސަބަބުން އިންސާނުންގެ އާބާދީތަކަށް ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ވާލުން ފެތުރޭ ނުރައްކާތެރި ވައިރަސްތަކުގެ ތެރޭގައި އެބޯލާ، މާބާގް، އަދި ނިޕާ ވައިރަސް ހިމެނެއެވެ.
ސިއްޙީ މާހިރުންގެ މި ރިވިއުގައި ވަނީ ދުނިޔެ ހޫނުވުމާއި އިސްތިވާއީ ޖަންގަލިތައް ކެނޑުން ފަދަ ކަންކަމުގެ ސަބަބުން ތިމާވެށްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއެކު، ވާލުގެ ޒަރީޢާއިން ފެތުރޭ މިފަދަ މަރުވާ ބަލިތައް އިންސާނުންގެ ތެރެއަށް ފެތުރުން އަވަސްވެ، ސިއްހީ ބޮޑު ނުރައްކަލެއް އިންސާނީ އާބާދީއަށް ކުރިމަތިވެދާނެ ކަމަށް އިންޒާރުކޮށްފައެވެ.