އީ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ޝަރީފް، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑާޝިޕްގައި ހިދުމަތްކުރައްވާފަ އެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އޭނާ ވަނީ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި ޝަރީފުގެ ލީޑާޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަންކުރައްވާފަ އެވެ.
މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޝަރީފް ވަނީ އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އެމަނިކުފާނަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ކުރިއެރުމާއި ތަރައްގީއަށް އޭބީއޭން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މި އަހަރުގެ އޭބީއޭ ކޮންފަރެންސް އަންނަ 1-3 ސެޕްޓެމްބަރުގައި ބީއެމްއެލް އިން ރާއްޖޭގައި ބާއްވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;