ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހަކާއި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ ކަންކަން ކުރިއަށްގެންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ގައި އޭގެ ބައެއް ތަފުސީލްތައް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އެތައް ބޭފުޅުންނެއް އެބަތިއްބެވި ކަމަށެވެ.
ރައީސް ވިދާޅުވީ، ހުރިހާ ދާއިރާއެއްގައި ތިބި ތަޖުރިބާކާރު ފަންނުވެރިން ހިމަނައިގެން އެކުލަވާލާ ގައުމީ މަޖިލީހުގައި 100 އަށްވުރެ ގިނަ މީހުން ތިއްބަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޖިލިސްތައް އެކުލަވާލުމަށް އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުންމީދަކީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަޖިލިސް އެކުލަވައިލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;