ads
ބަންޑުން ޖަލާލި ކޮޅުވެއްޓި ގާފަރު ފަރުމައްޗަށް ލައްގާފައި
ބޮޑު ސަރަހައްދެއް ބަލައިފި، ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
އިއްޔެ ބަނޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.
Advertisement

އިއްޔެ ހެނދުނު މާލެ އަތޮޅު ގާފަރު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން 10 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން 8 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީންނެވެ. 

އެމްއެންޑީއެފުން ބުނީ ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އަދި ކަނޑާއި ވައިގެމަގުން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލައިފއިވާއިރު އަދިވެސް އެ ދެމީހުން ފެނިފައި ނުވާކަމަށް ކޯސްޓްގާޑުން ބުނެއެވެ.  

މި ކޮޅުވެއްޓީގައި ދަތުރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ފިޔަވާ ދެން ތިބީ ހުސް ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. ތިލަފުށިން ފުރައިގެންދިޔަ މި ކޮޅުވެއްޓި ބަންޑުން ޖަލާލީ ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;