ads
ޓްރީޓޮޕް ހޮސްޕިޓަލް
ކުޑަދޫ ބުރިކޮށްލި ކަމަށް ބުނާ މައްސަލަ ހައިކޯޓަށް
ދިވެހި ފިރިހެނަކު، އޭނާގެ ކުޑަދޫ ޓްރީޓޮޕް ހޮސްޕިޓަލުން ބުރިކޮށްލައި ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދަން އެ ހޮސްޕިޓަލާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
Advertisement

މިއީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޓްރީޓޮޕުން ކުރި އޮޕަރޭޝަނަކާ ގުޅޭ މައްސަލައެކެވެ. ދިވެހި ފިރިހެނަކު، މި މައްސަލައިގައި ކޯޓުގައި ދައުވާކޮށްފައިވަނީ އޭނާގެ ހުއްދަ ނެތި އޭނާގެ ކުޑަދޫ، ހޮސްޕިޓަލުން ބުރިކޮށްލާފައިވާ ކަމަށް ބުނެއެވެ. އެއީ، ޓޮންސިލް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި މައްސަލަ ކޯޓުން ބޭރުކޮށްލީ، މަދަނީ އިޖުރާއަތުގެ ދަށުން ހުށަހަޅަން ޖެހޭ ފޯމް ނޫން އެހެން ފޯމަކުން މައްސަލަ ހުށަހަޅާފައިވާތީއެވެ. މީގެ ކުރިންވެސް މި މައްސަލަ ސިވިލް ކޯޓުންވަނީ ބޭރުކޮށްލާފައެވެ. އޭރު ކޯޓުން މައްސަލަ ބޭރުކޮށްލީ، ޓްރީޓޮޕް ހޮސްޕިޓަލްގެ އެޑްރެސް ހޯދުމަށް އެންގުމުން އެކަން އޭނާ ނުކޮށްގެންނެވެ.

ސިވިލް ކޯޓުން މި މައްސަލަ ކުރިއަށް ނުދިޔުމުން އެ މީހާވަނީ މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;