އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ހިލޭސާބަހަށް މަސައްކަތް ކުރާ ގިނަ ބައެއްގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު ފެށި "މަދިރިން ރައްކާ" ޕްރޮގްރާމްގައި މިހާރު ވެސް ވަނީ ބޮޑު ސަރަހައްދެއް ސާފުކޮށްފަ އެވެ.
އެޗްޑީސީން ބުނީ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު އިއްޔެ ސާފުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ފެން ހަރުލައި، މަދިރި އާލާވާ ގޮތަށް ހުރި ޓައްޕާއި ފުޅިމަދު ފޮށި ފަދަ ތަކެތިން ފެން ހުސްކޮށް މަދިރި އާލާވާ ތަންތަން ވަނީ ނައްތާލާފަ އެވެ.
މަދިރި ނައްތާލުމަށް ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވެސް ހުޅުމާލެ 1 އަދި 2 ގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;