ޖަލުގެ ވަށައިގެންވާ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ފުލުހުން ވަނީ އިތުރު އޮފިޝަލުންނާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް)ގެ ކޮމާންޑޯއިން ފޮނުވާފަ އެވެ. އަދި ސިފައިން ވެސް ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ނިގަންބޯގައި އޮންނަ، ތޮއްޖެހިފައިވާ އޮތް އެހެން ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 10 ޖަލު އޮފިޝަލުންނާއި 21 ގައިދީން މަރުވި ހާދިސާއަށް މަހެއްހާ ދުވަސް ވެފައިވަނިކޮށެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ގައުމުގެ ޖަލެއްގައި ހިންގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.
އިތުރަށް ކިޔާލަން: ލަންކާ ޖަލެއްގައި ބޮޑު ހަމަނުޖެހުމެއް، ފަސް އޮފިސަރުން ހިމެނޭހެން 25 މީހަކު މަރު!
ސްރީ ލަންކާގެ ޖަލުތަކުގައި ޖާގައަށްވުރެ ހަތަރު ގުނަ އިތުރަށް މީހުން ބަންދުކޮށްފައި ތިބެ އެވެ. 11،000 މީހުންގެ ޖާގައިގެ ޖަލުތަކުގައި މިހާރުވެސް 41،000 އެއްހާ ގައިދީން އެބަތިއްބެވެ. ޖުލައި މަހުގެ ހާދިސާއަށްފަހު ޖަލުތައް ލުއިކުރަން ސަރުކާރުން ވީ ވައުދުތަކަށް އަމަލީ ސިފައެއް އަދި ނާދެ ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;