ހޯދަނީ ށ. ކޮމަންޑޫ، ހިޔަލީގޭ އިބްރާހީމް އަޒުހަދު، 36، އެވެ.
ފުލުހުން މިއަދު ބުނީ އޭނަ ހޯދަން އިއުލާންކުރީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
ފުލުހުން ވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުުކުރަން ބޭނުންވާތީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އަޒުހަދު ހާޒިރުވުމަށް އާންމުކޮށް އަންގާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;