ads
މަޖީދިއްޔާސްކޫލް ދަރިވަރުންތަކެއް
ބަންދަށްފަހު ދަރިވަރުން ދެވަނަ ޓާމަށް ސްކޫލަށް
މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
Advertisement

ފުރަތަމ ޓާމްގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދިޔައީ މިިިދިޔަމަހުގެ 16 ވަނަދުވަހުއެވެ.

މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިއަދު ފެށުނު ދެވަނަ ޓާމްގައި ކިޔަވާދޭނީ 75 ދުވަހުއެވެ. އަދި އަންނަ މަހުގެ 13 އިން 19 އަށް ހަތް ދުވަހުގެ މިޑް ބްރޭކެއް ދަރިވަރުންނަށް ލިބޭނެއެެވެ. އޭގެފަހުން ޑިސެމްބަރުމަހުގެ އެކަކުން 10 އަކަށް އިމްތިހާނުތައް ބޭއްވުމަށްފަހު ބޮޑު ބަންދަށް ސްކޫލްތައް ބަންދުވާނީ  18 ޑިސެމްބަރުގައެވެ. ދިރާސީ ކަލަންޑަރު ބުނާގޮތުން ބޮޑު ބަންދަށްފަހު އަންނަ އަހަރަށް ސްކޫލް ހުޅުވާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ދިރާސީ ކަލަންޑަރު 

  • ދިރާސީ އަހަރު ފެށުން - 27 ޖެނުއަރީ 
  • ރޯދަ، ފަހު ދިހައެއް އަދި އީދު ބަންދު - ފެބްރުއަރީ 27 އިން މާރިޗު 22 އަށް 
  • ރޯދައަށް ފަހު ކިޔެވުން ފެށުން : މާރިޗު 23 
  • ފުރަތަމަ މިޑް ބްރޭކް - މެއި 24 އިން މެއި 30 އަށް 
  • ފުރަތަމަ ޓާމް ބަންދު - ޖުލައި 17 އިން އޮގަސްޓު 1 އަށް.
  • ދެވަނަ ޓާމުގެ ކިޔެވުން ފެށުން -  އޮގަސްޓު 2
  • ދެވަނަ ޓާމް މިޑް ބްރޭކް - 13 ސެޕްޓެމްބަރު  - 19 ސެޕްޓެމްބަރު  
  • ބޮޑު ޗުއްޓީ - ޑިސެމްބަރު 18 އިން 2027ގެ ޖެނުއަރީ 12 އަށް
  • 2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުން -  ޖެނުއަރީ 17 

އެޑިއުކޭޝަން މިނިސްޓްރީހެ ހިސާބުތައް ދައްކާގޮތުން ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، މި އަހަރު 80،715 ދަރިވަރުން ތައުލީމު ހާސިލް ކުރާނެއެވެ. މި ދަރިވަރުންނަށް ކިޔަވާ ދިނުމުގައި 9،952 ޓީޗަރުން ހަރަކާތްތެރިވާއިރު ސަރުކާރުގެ 218 ސްކޫލެއްގައި  ކިޔަވާދޭނެއެވެ. 

ދިރާސީ އަހަރަށް އަތޮޅުތަކުން މާލޭ ސްކޫލްތަަކުގައި ކިޔަވަން ބޭނުންވެގެން 1500 ދަރިވަރުން ބަދަލުވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު ބަދަލުވާން ހުށަހަޅާފައިވެއެވެ. މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް މި އަހަރު އަލަށް 1،748 ދަރިވަރުން ވައްދާފައިވެއެވެ. މީގެއިތުރުން މާލެއިން ހުޅުމާލެއަށް 836 ކުދިން ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;