ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ހަނގުރާމައަށް ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފަހަކަށް އައިސް އަލުން ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. އަދި އެއްބަސްވުމެއްގެ ވާހަކަ ދެއްކި ނަމަވެސް ހައްލެއް ފެންނަ ތަނެއް ނުފެނެ އެވެ.
މިދިޔަ އޭޕްރީލް މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އެމެރިކާއާއި އީރާނުން އަންނަނީ ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުންނެވެ.
އެގޮތުން، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ، މި ހަފްތާގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނަށް ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ބައެއް ތަންތަނަށް ބޮން އަޅާފައިވާއިރު، އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ މުދާތަކަށާއި މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއިން ސަރަހައްދީ ނުވަތަނަވަސްކަން "އިތުރުކުރަމުންދާ" ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި "ނުބައި ނުލަފާ އަދި އަނިޔާވެރި އެމެރިކާގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް ގެނބިގެންދާނެ" ކަމަށް އީރާނުން ވަނީ އިންޒާރުދީފަ އެވެ.
މި އިންޒާރުތަކާއި ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ފުރަން ތައްޔާރުވެގެން ތިބުމަށް އެމެރިކާގެ އެމްބަސީތަކުން އެމެރިކާގެ އާންމުންނަށް އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އިޒްރޭލުގައި ތިބި އެމެރިކާ މީހުންނަށް، ބޮމުގެ ހަމަލާތަކުން ރައްކާތެރިވާ ޝެލްޓަރުތައް އެންމެ ކައިރީ ހުރި ތަންތަން ހޯދައި ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އީރާނާ އެކު ހިނގަމުންދާ އެތައް މަހެއްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް "އަވަސް ޑީލެއް" ހަދާ ގޮތަށް، އީރާނަށް އިތުރު ހަމަލާއެއް ނުދީ މަޑުޖައްސާލުމަށް އެމެރިކާ އާއި އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ
މިދިޔަ ބުދަ ދުވަހު އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވީ ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އެއްވެސް ހަމަލާއެއް އިރާނަށް އަމާޒުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
އިޒްރޭލަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން މިސައިލެއް ސީރިއާގެ ދަނޑަކަށް ވެއްޓިފައި ވާއިރު ދަނޑުވެރިޔަކު އެޔަށް ބަލަހައްޓައިގެން: ހަނގުރާމަ ފުޅާވެ ނުރައްކާވެދާނެ ކަމަށް އެމެރިކާގެ އެމްބަސީތަކުން ވަނީ ބުނެފައި. - ފޮޓޯ: އޭއެފްޕީ
އެމެރިކާއިން ހަމަލާ ދޭން ތައްޔާރުވުމާއެކު އިރާނުން ބުނީ ހަމަލާ ދީފި ނަމަ ދުޝްމަނުން ފުނޑުފުންޑު ކޮށްލާނެ ކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުން "ހޫނު" ވަމުން އަންނާތީވެ މަޝްރަހު ފިނިކުރަން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު ޓްރަމްޕަށް ފޯނުން ގުޅުއްވައި، ހަމަލާދިނުމުގެ ރޭވުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.
އެގޮތުން މަސްރަހު ފިނިކޮށް، އަލުން ހަމަލާ ނުދިނުމަށް ސައޫދީ ވަލީއަހުދު ޓްރަމްޕަށް އިލްތިމާސް ކުރެއްވި ކަމަށް ބައެއް މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;