ads
ނައުޝާދު މޫސާ
ފުރުގާން މިސްކިތުގައި ބަރަހަނާވި ނައުޝާދު ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި
ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނައުޝާދު މޫސާ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި އެވެ.
Advertisement

މިސްކިތްތަކުގެ ހުރުމަތްތައް ކެނޑުމުގެ މައްސަލަތަކުގައި މޭގެ ކުރިންވެސް އެކި ފަހަރުމަތިން ހައްޔަރުކުރެވުނު ނައުޝާދު މޫސާ، މިފަހަރު ހައްޔަރުކުރެވުނީ، ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ އަމަލެއް ހިންގި މައްސަލައެއްގައެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އަދި އިއްޔެގެ ވަގުތެއްގައި އޭނާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގުމުގެ ކުރިން ވެސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން، ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރަން ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

އެ މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، މި މަހުގެ 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ. އެ ހުކުމާ ގުޅިގެން މިނިވަންވި ފަހުން ވެސް، ފުރުގާން މިސްކިތުގައި އޭނާ ނިދާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

މީގެ އިތުރުން ވެސް، ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް އެކިވަރުގެ ގެއްލުންދީ، ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައަކާއި، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް