ads
ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ރައީސް މުއިއްޒަށް ތައުރީފު ހައްޤު "އިހުތިރާމްއަދާކުރުމުގެ ގައުމީ މަޝްރޫއު" މާދަމާރޭ ފަށަނީ
ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަމާއި ރިވެތި އަހުލާގީ ސިފަތައް އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދުރުވިސްނޭ، ތައުރީފު ހައްގު ސިޔާސަތުގެ ދަށުން، "އިހުތިރާމް އަދާކުރުމުގެ ގައުމީ މަސްރޫއު" އިފްތިތާހުކުރުމުގެ ޖަލްސާ މާދަމާ (ހޮނިހިރު) ދުވަހުގެ ރޭ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.
Advertisement

މި މަސްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ އިދާރީ ތައްޔާރީތަކާއި ޖަލްސާގެ ރިހާސަލްތައް މިއަދު ފުރިހަމަކޮށްފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމުގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމަށާއި، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އިސްލާމީ ރިވެތި އާދަތައް ދިރުވައި އާލާކުރުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވައިގެން ލާމަސީލު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ވެރިއެކެވެ. މުޖުތަމައުގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މާތް ސިފަ އަލުން ދިރުވުމަށް އެމަނިކުފާނު މި ފެއްޓެވި އަގުހުރި މަސައްކަތްޕުޅަކީ މުޅި ގައުމުގެ ހެވާއި ލާބައަށްޓަކައި އެޅުއްވި ވަރަށް ބޭނުންތެރި، މުހިންމު ފިޔަވަޅެކެވެ.

މި މަސްރޫއު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ވިލަރެސްކުރުމަށްޓަކައި ދާއިރާގެ ތަޖުރިބާކާރު ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް ވެސް ވަނީ އުފައްދަވާފައެވެ.

މި މަސްރޫއުގެ މައިގަނޑު މަގުސަދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ރިވެތި އިސްލާމީ އަދަބު އަހުލާގާއި، ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިފަތައް އަދުގެ ދިވެހިންގެ ކިބައިގައި އަށަގެންނެވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް