ads
އުމްރާވެރިންތަކެއް ސައުދީގައި - ފޮޓޯ؛ ހައްޖު ކޯޕަރޭޝަން
އުމްރާއިން އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގައިފި
އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
Advertisement

ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ރާއްޖެ އަންނަން ފަށާފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ބާރުއަޅާފަ އެވެެ. އަދި ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް އެ އިދާރާއިން އިރުޝާދު ދެއެވެ.

އަދި އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. 

ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމަށާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވެސް އެޗްޕީއޭގެ އިރުޝާދުތަކުގައި ހިމަނާފައި ވެއެވެ. މި ފިޔަވަޅުތަކަކީ އާންމުންގެ ތެރޭގައި ހަލުވިކަމާއެކު ރޯގާ ފެތުރުން ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

ރޯގާ ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ގޮތެއްގައި އަންގާފަ އެވެ. ހާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ އެޖެންސީން ފާހަގަކުރެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރި އެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;