ads
ކައުންސިލް އިންތިހާބުގައި ޕީއެންސީ ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން
ޕީއެންސީގެ އިންތިހާބުގައި އަތްމައްޗަށް ނަގައިގެން ވޯޓްލާން ނިންމައިފި،
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ވޯޓްލާން ނިންމައިފިއެވެ.
Advertisement

އެނގިފައވާ ގޮތުން މިގޮތަށް ނިންމާފައިވަނީ ކޮންގްރެސްގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި ކޮމިޓީންނެވެ. 6 މެންބަރުން ތިބޭ މި ކޮމެޓީއަށް އެ ހުށައެޅުން ހުށައެޅީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމްކަންވެސް ވަނީ އެނގިފައެވެ.

ކޮމިޓީގެ މެމްބަރުން

  • ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން
  • ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
  • ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
  • މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދު ﷲ މުހައްމަދު
  • ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު
  • ނިލަންދޫ ދާއިރާގެ މެމްބަރު މެމްބަރު ފާތިމަތު ސައުދާ

މި ނިންމުމާއި ޕާޓީގެ ބައެއް މެމްބަރުންގެ ހިތްހަމަ ނުޖެހުން އޮތްކަން ވަނީ އެނގިފަ އެވެ. ސަބަބަކީ ކޮމެޓީގައި ހިމެނޭ ޝުޖާއު އާއި ސައުދާވެސް ނައިބު ރައީސްގެ މަގާމަށް ވަދާކުރާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;