މިއީ އެގްރިކަލްޗަ މިނިސްޓްރީން ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހާއްސަކޮށްގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެކި ސޮއިކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ކަހަލަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ނިމޭއިރު، ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;