ads
ރަޝްމިކާ މަންދަންނާ
އުނަގަނޑު ބިންދައިގެން ގޮސް ރަޝްމިކާ ހޮސްޕިޓަލަށް
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޝްމިކާ މަންދަންނާ ކުރިއަށް އޮތް ފިލްމު "މައިސާ"ގެ ނެށުމުގެ މަންޒަރެއް ފަރިތަކުރުމުގެ ތެރޭގައި ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
Advertisement

ހައިދަރުއާބާދުގައި ހިންގި މި ހާދިސާގައި އޭނާގެ އުނަގަނޑަށް ވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާ ހިންގާފައިވަނީ "މައިސާ" އަދި "ރަނަބާލީ" ފިލްމުގެ އެކްޝަން އާއި ނެށުމުގެ މަންޒަރުތައް ފަރިތަކުރުމުގެ ތެރޭގައެވެ. ނެށުމުގެ ތެރެއިން  ވެއްޓި އޭނާގެ އުނަގަނޑުގެ ޓެންޑަން ވަނީ މުޅިން ވަކިވެފައެވެ. ޑޮކްޓަރުން ބުނި ގޮތުގައި މިއީ އާންމުކޮށް ފިލްމީ ތަރިންނަށް ލިބޭ އަނިޔާއެއް ނޫނެވެ. މިއީ ގިނައިން ޕްރޮފެޝަނަލް އެތުލީޓުންނަށް ލިބޭ ފަދަ ސީރިއަސް އަނިޔާއެކެވެ.

މި އަނިޔާއާ ގުޅިގެން ޑޮކްޓަރުން ވަނީ ރަޝްމިކާއަށް މަދުވެގެން ހަ ހަފުތާގެ ބެޑް ރެސްޓް ނެގުމަށް އިރުޝާދު ދީފަ އެވެ. އަދި އެއަށްފަހު ފުރިހަމަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

މި ހާދިސާގެ ކުރިން "މައިސާ" ފިލްމުގެ ކޯރިއޮގްރަފަރު ބްރިންދާ ވަނީ ސޯޝަލް މީޑިއާގައި ރަޝްމިކާގެ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. 

ރަޝްމިކާއަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާ މިހާރު ކުޅެމުންދާ ހަތަރު ފިލްމެއްގެ މަސައްކަތަށާއި، އޭނާ އިޝްތިހާރުކޮށްދޭ 30 އަށްވުރެ ގިނަ ބްރޭންޑްތަކުގެ އިޝްތިހާރުތައް ރެކޯޑުކުރުމުގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;