ads
ރަތްމަންދޫ ރައްޔިތުން
ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭނީ އެމްއޭސީއެލުން
ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށްފަހު
މ. ރަތްމަންދޫގައި ދިރިއުޅޭ މީހުން، ކ. ތުލުސްދޫއަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
Advertisement

މ. ރަތްމަންދޫގައި ދިރިއުޅޭ މީހުން، ކ. ތުލުސްދޫއަށް ބަދަލުކުރަން ބޭނުންވާ 44 ގޯތި އަޅަން ބޭނުންވާ ބިން އެ ރަށުގެ ކައުންސިލުން ވަނީ ހަމަޖައްސާދީފަ އެވެ. 

ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް މިއަދު މަޖީލީހުގައި ސުވާލުކުރައްވަމުން ވަނީ ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށް ނިމެނޭ ތާރީހެއް ދެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބް ކިބައިގެން އެދިވަޑައިގެންފަ އެވެ. 

އެވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓާރު މުއްތަލިބް ވިދާޅުވީ ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހަމަޖެހި ނިމިފައި ވާކަމަށެވެ. އެހެންނަމަވެސް އެމީހުން ބަދަލުކުރަން އަޅާ އިމާރާތްތައް ނޭޅި ލަސްވަނީ އެތާ ކައިރީ އޮންނަ ރިސޯޓް ހިންގާ އެމްއޭސީއެލުން ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދިނުމުގެ ހުރިހާކަމެއް ކުރުމަށް ހުށައަޅާފައިވާތީ އެ ކުންފުނީގެ ޕްރޮޕޯސަލް އަދި ލިބިފައިނުވާތީ ކަމަށެވެ. 

މިނިސްޓާރު މުއްތަލިބް ވިދާޅުވީ ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އެމްއޭސީއެލުން ކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައި ވާކަމަށެވެ. 

" އެމްއޭސީއެލުން އެރަށުގައި މަސައްކަތްތަކެއް ކުރައްވަން ބޭނުންވާކަމަށް ވިދާޅުވެފައި ޕްރޮޕޯޒަލެއް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައި އޮތީމާއި އެހެންވަ ސަރުކާރުން، އަޅުގަނޑުމެން އަދި ޕްރެޖެކްޓެއް ފޯމިއުލޭޓް ނުކޮށް މަޑުކުރަނީ. އެމްއޭސީއެލުން ބޭނުންވަނީ މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރުޔަށް ގެންދިޔުމުގެ ހުރިހާކަމެއް ކޮށްދޭން." މުއްތަލިބް ވިދާޅުވި އެވެ.

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭ ނަމަ އެ ބަދަލުވާ ރަށެއްގައި ގެ އަޅަން ފަށާތާ އަހަރެއްގެ ތެރޭ އެންމެން ބަދަލުކޮށް ދީ ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ބަދަލުވާ އާއިލާތަކަށް މިހާރު ދެމުން އަންނަ 50000 ރުފިޔާގެ ފައިސާގެ އަދަދުވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;