ads
ދަރިފުޅު - 41 ވަނަ ބައި
އެޕިސޯޑް 41
Advertisement

އަޑުއަހަން އަހަރެން ކިތަންމެ ބޭނުންވިޔަސް، އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ.

"އޯ-ކޭ!" ވިސްނާލާފައި ބުނީމެވެ. 

އިތުރަށް ތަފްސީލް ދޭން ޖެހުނަސް، ފޫހިކަމެއް ނެތި އެކަން ކުރާންވެސް އަހަރެން ތައްޔާރެވެ. 

"ކައިރާ އާއި ވާހަކަ މިދައްކަނީ ހިތުގެ އަޑިން، ވަރަށް ސާފު ސީދާ ތެދު އިބާރާތްތަކުން .. ބީނިޝް ފުރަތަމަ އަހަންނަށް ފެނުނު ދުވަހުގެ އިހްސާސްތަށް މިވަގުތުވެސް ހަނދާން އެބަހުރި.. ކުޑަކުޑަ އެދަރިފުޅުގެ އުމުރާއި ބަލާފައި އަދަބާއި އަހްލާގާއި ކަންކަމުގައި ގެންގުޅުނު ތަފާތު ވައްޓަފާޅި އަކީ އަހަރެންގެ ހިތް، ބީނިޝްގެ މައްޗަށް ލަންބުވާލި ސަބަބުތައް.. ކުޑަކުޑަ ދަރިފުޅަށް އަހަރެން ފެނުނު ވަގުތު ދެލޮލުގެ ވިދުން ގަދަވެ، މޫނުމައްޗަށް ވެރިވި މައުސޫމު ހިނިތުންވުމަކީ ދުވަހެއްގައިވެސް މި ދެ ލޮލުގެ ނަޒަރުން ފަނޑުވާނެ މަންޒަރެއް ނޫން.. އިހްތިޔާރަކާއި ނުލައި އަހަރެންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމަކީ ދުވަހެއްގައިވެސް ކުޑަކުއްޖަކަށްޓަކައި އުފެދުނު އިހްސާސެއް ނޫން..! ހިނދުކޮޅެއްގެ ތެރޭގައި ފެނުނީ ދޮރުން ވަދެގެން ކައިރާ އަންނަ މަންޒަރު.. އަހަރެންގެ ލޮލުގެ ނަޒަރު އެންމެ ސިކުންތަކަށްވެސް އެހެން މިސްރާބަކަށް ދީލާނުލެވުނު.. ހަތަރެސް ފަޔާއި އަމިއްލަ ހިތާއި ނަފުސުގެ ކޮންޓްރޯލް އަހަރެންގެ އަތުން ގެއްލި ދިއުމަށް ހިނދުކޮޅެއްވެސް ނުނެގި.. އަހަރެންނާއި ބީނިޝްގެ ހަރަކާތްތަކަށް، ކައިރާގެ އިހްތިޔާރެއް ނެތް ހިނިތުންވުން މަޖުބޫރު ކުރުވި މަންޒަރު، މިއަދުވެސް މި ހިތަށް ފިނިކަން ގެނެސްދޭ... ހިތާމައާއި ހާސްކަމާއި ނުތަވަސްކަން ކައިރާގެ މޫނުމަތީން ފޮހެލައި، ހަގީގަތް  ފޮރުވީ ހުނަރުވެރިކަމާއިއެކު.. ދެން ކުރެވުނީ އަޖައިބެއް ފަދަ ސުވާލެއް.. މި ހުރިހާ ކަމެއް އަހަންނަށް ފާހަގަކުރެވެންޖެހުނު ސަބަބަކީ ކޮބައިތޯ؟ އެކަމާއިމެދު އަދިވެސް ފިކުރުކުރަން..! އެކަމަކު ޖަވާބެއް ނެތް..! އެދުވަހުން ފެށިގެން މުޅި މީހާ ބަދަލުވި ސަބަބެއް ނޭގުނަސް، ކައިރާއަށްޓަކައި މި ހިތުގައި އޮތް ގަދަރާއި މެދު ޔަގީން.."

އަހަރެންގެ ހިތް ހުޅުވާލާފައި ވަކިވަކި ލަފްޒުތަށް ހާމަކުރާން ފެށީމެވެ.

"އަޖައިބެއް ފަދަ ސުވާލެއް.. .. ..!؟" 

އަހަރެންގެ އަތުގެ ތެރޭގައި ބޮނޑިވެލަމުން ފަނޑުގޮތަކަށް ސުވާލުކޮށްލި އެވެ. އެ ހުރިހައި ވާހަކައަކުން ކައިރާއަށް މުހިއްމުވި ޕޮއިންޓު ފާހަގަކުރި އެވެ.

"އަޖައިބަކީ، ފުރަތަމަ ފެނިލުމުންވެސް ކައިރާއަށްޓަކައި އަހަރެންގެ ހިތުގައި އުފަންވި އިހްސާސްގެ ބާރުގަދަކަން"

"މިއީ އުފަލެއް ކަމުގައި މާލިކް ގަބޫލުކުރަންތަ؟" އެއީވެސް ސުވާލެކެވެ. ޖެހޭނީ ޖަވާބު ދޭން ތާ އެވެ. 

އެ ސުވާލު އެ ކުރީ އޭނާގެ ނަފުސަށް އިޝާރާތްކޮށްފައި އެވެ. 

"ބީނިޝް އާއި ކައިރާ އާއިއެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް، ވަރަށް އުފާވެރި" އަހަރެން ފުރިހަމަކޮށްލީމެވެ.

އަހަރެންގެ ޖުމުލައާއެކު ކައިރާގެ މޭ ފުރައި، ފުން ނޭވާއެއް ލި އެވެ. ހަމަޖެހިލުމުގެ ގޮތުން އަހަރެންވެސް ދެ ލޯ މަރައިލީމެވެ. އަތުގެ ތެރޭގައި އަހަރެންގެ 'ފުރާނަ' ބޮނޑިކޮށްލަމުންނެވެ.

ވެރިވި ހިމޭންކަމުގައި އަމާންކަން ނޫނީ ނުވެ އެވެ.

"ނިދި އައީތަ؟" އަހަރެން ސުވާލުކުރީމެވެ.

ވަގުތުން، ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. ހަމަ އެވަގުތު ވަރުބަލިކަމާއެކު އާފުރެލުމުން އަހަރެންގެ ހިނިގަނޑު ނުހިފެހެއްޓުނެވެ.

"އަރާމު ތަންމަތީގައި ހުވަފެން ދެކެންވީ ވަގުތު ޖެހުނީ.." އަހަރެންގެ ދެ އަތް މަތީގައި ކައިރާ އުފުލާލައިގެން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖަހަމުން  ބުނެލީމެވެ. 

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އަހަރެންގެ ހިނިގަނޑުގެ އަޑު ފަޅައިގެން ދިޔައީ ގަސްތަކު ނޫނެވެ. އެނދުމަތީގައި އޮތީ ބީނިޝްގެ ބަދަލުގައި 'ސްޓާރފިޝް'އެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ދެ އަތާއި ދެ ފައި ހުޅުވާލައިގެން އޮތީ ދެވަނައެއް ނެތް ސްޓާފިޝް އެއް ފަދައިންނެވެ.

"ލައިކް މަދަރ ލައިކް ޑޯޓަރ" އަހަރެންގެ ހިނިގަނޑު ކޮންޓްރޯލްކުރަމުން ބުނެލީމެވެ.

"އެހެނެއް ނުނިދަން" އަކުރުތަކަށް ބާރުލާފައި ދެ ލޯ ވައްކޮށްލާފައި ކައިރާ ބުނެލީ ލޯބި ގޮތަކަށެވެ.

"ކޮންމެ ރެއަކު ފަތިސް ނަމާދަށް ވުޒޫކުރަން ފާހާނާއަށް ވަންނަނީ މި ކޮޓަރިއަށް އައިސް، ދެމައިންގެ ހާލަކީ ކޮބައިތޯ ބަލާފައި.. މަންމަ ސްޓާރފިޝްގެ ގައިމަތީގައި ދަރިފުޅު ސްޓާރފިޝް ތަތްކޮށްލާފައި އޮންނަނީ ހަމަ އެ ތައްގަނޑަށް.. ކުއިލްޓަށްވެސް އެއިގެ މަގާމު ނުލިބޭ.." ލޮލުން ބީނިޝް ދައްކާލާފައި އަހަރެން ބުނީމެވެ. 

އަދި ފަރުވާތެރިކަމާއެކު އެނދުމަތީގައި ކައިރާ ބާއްވާލީމެވެ.

"އަހަރެން ނިދާފަ އޮންނަ ތަންވެސް ބަލަންތަ؟" މައުސޫމް ސުވާލެކެވެ.

"ޔެސް!" އެއަށްވުރެން މައުސޫމް ޖަވާބެއް ދިނީމެވެ.

"ބިރުވެރި ހުވަފެނަކަށްވުރެންވެސް، މާލިކްގެ ތި ކަންތައް މާ ބިރުވެރި!" ދެ ކާށި ވަރަށް ދެ ލޯ ބޮޑުކޮށްލާފައި ބުނެލި އެވެ. 

"ނޫނޭ.. އެއީ ބިރުވެރިކަމެއް ނޫން.. އެއީ ލޯބި ކަމެއް! ވަރަށް ވަރަށް ލޯބި ކަމެއް" ކައިރާ އާއި ބީނިޝް ނިވާކޮށްލުމަށް ކުއިލްޓް އަޅާލަމުން އަހަރެން ބުނީމެވެ. 

"ގުޑްނައިޓް، ސްވީޓް ޑްރީމްސް" ނިއްކުރީގައި ބޮސްދެމުން މެންދަމުގެ ވަދާއީ ސަލާމް ރައްދުކުރީމެވެ.

ކޮޓަރީން ނިކުތުމަށް އެނބުރުނު ވަގުތު، އަހަރެންގެ އަތުގައި ކުއްލިޔަކަށް ކައިރާ ހިފައި، އަހަރެން ހުއްޓުވި އެވެ.

"މިތަނުގައި މިރޭ ނިދާފާނަން؟ ޕްލީޒް" ނުހަނު ލޯތްބާއެކު ކައިރާ އެ ކުރީ އާދޭހެކެވެ. އަހަރެން އޮށޯތުމަށް ކައިރާ ދެއްކީ ބީނިޝްގެ ބިއްދޮށު ފަޅި އެވެ. އަހަރެން ވިސްނާލީމެވެ.

އެއީ އަހަރެންގެ ހުވަފެނެކެވެ. ހަގީގަތަށް ވުމަށް އެންމެ ހިތް އެދޭ ހުވަފެނެވެ. 

ނަމަވެސް މިއީ އެ ހަގީގަތުގެ ވަގުތެއް ނޫނެވެ. 

"އިން ޝާ ﷲ ވަރަށް އަވަހަށް.. އެކަމަކު މިރެއަކު ނޫން.." ހިތާއި ދެކޮޅަށް، ކައިރާގެ ދައުވަތަށް އިންކާރުކުރީމެވެ.

މާޔޫސްކަން ވެރިވި މޫނަށް ބަލަން ފަސޭހަ އެއް ނުވި އެވެ. ހައްލަކާމެދު ވިސްނީމެވެ. އަހަރެންގެ ކައިރާއަށްޓަކަ އެވެ.

"އޯ-ކޭ.. މި ކޮޓަރީގައި.. އެކަމަކު މި އެނދަކު ނޫން.. އެންމެ ރަގަޅުތަ؟" ވިސްނާލާފައި ބުނީމެވެ. އަހަރެންގެ ބަސް ދޭހަ ނުވުމުން، ކައިރާގެ ނިއްކުރިއަށް ރޫ އަރުވައިލި އެވެ.

"ސޯފާ ގައި.. އެންމެ ރަގަޅުތަ؟" ކޮޓަރީގެ ކަނާތް ފަރާތުގައި ހުންނަ ސޯފާއަށް އިޝާރާތްކޮށް އަހަރެން ބުނީމެވެ. 

ތުންކޮޅު އޫ ކޮށްލާފައި މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން އެއްބަސްވި އެވެ. ކައިރާގެ އަތުގައި ފިރުމާލާފައި އަހަރެން ގޮސް، ސޯފާގައި އޮށޯތީމެވެ.

ފަތިސް ވަގުތުގެ ކުރީން ކޮންމެވެސް ވަރެއްގެ ނިދިކޮޅެއް ލިބޭތޯ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;