އެމްޑީޕީން ބުނީ މި މުޒާހަރާ ބާއްވަނީ ރާއްޖޭގައި އަސާސީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށެވެ.
"ދަތިވެއްޖެ" ނަމުގައި ބާއްވާ މި މުޒާހަރާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރުކަމަށް އެމްޑީޕީން ބުނެއެވެ. އެ މުޒާހަރާ ފެށެނީ އެދުވަހު 16:30 ގައި ސޯޝަލް ސެންޓަރު ކައިރިންކަމަށްވެސް އެމްޑީޕީން ބުނެއެވެ.
މި މުޒާހަރާގައި މީހުން ބައިވެރިވުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް އާންމުކުރައްވާފަ އެވެ.
ޑޮލަރުގެ އަގު ތިރި ނުވަސްނީސް އަސާސި ހިދުމަތްތަކަށް ކުރާ ހަރަދުތައް ފިޔަވާ އެހެން ހަރަދުތައް ހުއްޓާލަން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވާ އެހެން އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;