ads
މި އަހަރުގެ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފަށަަން ނިންމުން
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފަށަނީ
މި އަހަރުގެ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފަށަަން ނިންމައިފި އެވެ.
Advertisement

މިސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު، އެމްއެމްއާރްއައި އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން، މިމަހުގެ 4 އިން 5އަށެވެ. 

މި ސިމްޕޯޒިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގަ އެވެ.

މި އަހަރުގެ މިސިމްޕޯޒިއމްގައި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާ އެވެ. އޭގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަ ޕްރެޒެންޓޭޝަން ހިމެނެ އެވެ. މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ.

އެ ދާއިރާތަކަކީ:

* ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް
* ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ
* ސީ ޓާޓަލްސް އިކޮލޮޖީ ހެލްތް އެންޑް ކޮންޒަރވޭޝަން
* ޝާކްސް، ރޭސް އެންޑް އަދާ މެރިން މެގަފައުނާ
* ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާޑްސް

ސިމްޕޯޒިއަމްގައި ރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހަޅާނެ އެވެ.

ސިމްޕޯޒިއަމް ޝަރަފުވެރިކޮށް ދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;