ads
ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ސްޓެލްކޯ އާއި އޭސީސީން އެމްއޯޔޫގައި ސޮއިކުރުމަށް ފަހު ދެ އިދާރާގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: އޭސީސީ
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީ އާއި ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރަން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހިނގިޔަ ނުދިނުމާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުން ކަމަށް އޭސީސީން ބުންޏެވެ. 

މީގެ އިތުރުން، ދެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ.

އަދި މި ފަހުމުނާމާގެ ސަބަބުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް މަގުފަހިވެ، ދެ އިދާރާގެ ވަޞީލަތްތައް ހިއްސާކޮށްގެން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ދެފަރާތުންވެސް އުންމީދު ކުރެއެވެ. 

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;