ads
ޕޯސްޓްމޯޓަމް ހަދާ ފެސިލިޓީ ހަދަން ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފި
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ފެސިލިޓީ ގާއިމްކުރުމަށް ހުޅުމާލޭ ސަހަރާ ކައިރިން ބިމެއް އައިޖީއެމްއެޗްއަށް ހަމަޖައްސައިދީފިއެވެ.
Advertisement

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޕޯސްޓްމޯޓަމް ފެސިލިޓީ ގާއިމްކުރުމަށް އައިޖީއެމްއެޗްއަށް ބިން ހަމަޖެއްސާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރިން ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ފެސިލިޓީ ގާއިމްކުރުމަށް ބޭނުންވާ ޑިޒައިންގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ހަލީމް ވިދާޅުވިއެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު އާންމުކޮށް، ގެޒެޓުކުރީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ގަވައިދުގެ ދަށުން 

ހަ ބާވަތްތެއްގެ މަރުގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި، އަދި މަރުވި ފަރާތުގެ އާއިލާގެ ހުއްދައެއް ނެތި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;