ads
އަމީނީ މަގު ތާރުނަގާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ
އަމީނީ މަގު ތާރުނަގާ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
އަމީނީމަގުގެ ތާރު ގަނޑު ނަގާ އަލުން ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

އަމީނީމަގުގައި މި ސަރުކާރުގެ ވެރިކަމަށް އައިސް އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރު ގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފަ އެވެ. އެކަމުގެ ސަބަބުން އެމަގުގައި ދުއްވަން ނުރައްކާތެރިވެފައި ވެއެވެ. އެ ސަރަހައްދު އަލުން ހަދަން ރޭ ވަނީ ފަށާފަ އެވެ. އަދި އެ ސަރަހައްދު ރޭ ދަންވަރުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.

your imageއަމީނީ މަގު ތާރުނަގާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ

އަލުން މަރާމާތުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ

އެމްޓީސީސީން އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މިހާރު ކުރިއަށް ގެންދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުދީން މަގާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތެވެ.

your imageއަމީނީ މަގު ތާރުނަގާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ

މަގު މަރާމާތުގެ މަސައްކަތްތަކަށް ޓަކައި އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާއި ހަމައަށް އަމީނީމަގު މިހާރު ވަނީ ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;