މިއީ ރައީސް ނަޝީދުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު، ތިލަފުށިން 30،000 އަކަފޫޓްގެ ބިމެއް ވަގުތީ ގޮތުން ހެވީލޯޑަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލައެވެ. އެއީ ރެކޯޑްތައް ދައްކާ ގޮތުން، ނޮވެމްބަރު 25، 2008 ގަ އެވެ. އެ ބިމަށް ކުލި ނުދައްކާ ކަމަށް ބުނެ ތިލަފުށީގެ ބިމުގެ މިލްކުވެރިކަން އޮންނަ އެޗްޑީސީން ކުރި ދައުވާގައިވާ ގޮތުން ހެވީލޯޑް ކުންފުނިން ބިމަށް ކުލި ދައްކަމުން ނުދާއިރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބިން އަނބުރާ ހަވާލެއް ވެސް ނުކުރެ އެވެ.
އެހެންވެ، ދައުވާގައި އެދުނީ ބިން އަނބުރާ ހަވާލުކުރުމަށާއި ކުލި އަދި ޖޫރިމަނާގެ ފައިސާ އެއްފަހަރާ ދައްކަން އެންގުމަށް އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމްގައިވަނީ އެ ބިމުގެ ކުލީގެ އެއްބަސްވުމުގެ ދަށުން މެއި 6، 2026ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާށެވެ. އަދި 30 ދުވަހުގެ ތެރޭގައި ބިން ހުސްކުރަން ވެސް އަންގާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;