ads
މިނިސްޓަރު ސައީދު
ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނާތީ މިނިސްޓަރު ސައީދުގެ ރައްދު!
ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން މުޒާހަރާ ކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް މިރޭ ރައްދު ދެއްވައިފި އެވެ.
Advertisement

މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އާންމުންގެ ތެރޭގައި ހަމަނުޖެހުން އުފައްދައި، މީހުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެމްޑީޕީން ގަސްދުގައި ތަކެތީގެ އަގުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށެވެ. 

ސައީދު މިހެން ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރާއިރު އެއިން އެއްވެސް ކަމެއް އެމްޑީޕީން ބަލައިނުގަންނަ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ދިވެހި ފައިސާގެ އަގު ވެއްޓި، ރާއްޖޭގެ ދަރަނި އިތުރުވެފައި ވަނިކޮށް އޭގެ ތެރެއިން ގިނަ ދަރަނިތައް ދެއްކީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނެރަލައިޒްކޮށްފަ ސަބްޖެކްޓިވް ވާހަކަތަކެއް ގެނެސްސަ ރާއްޖޭގެ އާންމުންގެ ތެރޭގައި މާކެޓް މެނިޕިއުލޭޓް ކުރުމަށް، ސިޔާސީ މަގްސަދެއް ހާސިލްކުރަން އުޅުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް "ލަނޑު ދިނުން" ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;