ތިލަފުށިން ފުރައިގެން ދަނިކޮށް މާލެ އަތޮޅު ގާފަރު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން 10 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން 8 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީންނެވެ.
އެމްއެމްޑީއެފުން ބުނީ ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކަނޑާއި ވައިގެމަގުން ކުރަމުންކަމަށެވެ.
މިގޮތުން، އެމްއެންޑީއެފް އެއާ ކޯއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރުއެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އޭގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމށާއި އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ދެމީހުން ހޯދައިދިނުމަށް ސިފައިން ވަނީ އާއްމުންގެ އެހީއަށް އެދެފިއެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ. ފެކްސް ކުރައްވާ ނަމަ 3391665 މި ނަންބަރަށް ފެކްސް އިން އަންގާދިނުމަށް އެމްއެންޑީއެފުން އެދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;