ads
ރިހާނާ
ރިހާނާ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިނދެއްޖެ
މަޝްހޫރު ލަވަކިއުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ އެއްމާބަނޑު ދެ ކުދިންނަށް ބަނޑުބޮޑުވެފައިވާކަން އިއުލާންކުރުމާއެކު މުޅި ދުނިޔޭގެ ސަމާލުކަން އަނެއްކާވެސް އޭނާއަށް ވަނީ ހުއްޓިފަ އެވެ.
Advertisement

ދާދިފަހުން ދިން އިންޓަވިއުއެއްގައި ރިހާނާ ބުނީ އޭނާ މިހާރު ކާނީ ތިން މީހުންނަށް ކަމަށެވެ. 

ރިހާނާއަށް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭ ހަބަރާއެކު އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. އޭނާގެ މިއުޒިކާއި ފެޝަންގެ އިތުރުން ވިޔަފާރީގެ ބޮޑު ކާމިޔާބީތަކާއެކު، މައިވަންތަކަމުގެ އުފާ ހޯދަމުންދާގޮތަށް ގިނަ ބައެއްގެ ތައުރީފު ވަނީ އަމާޒުވެފަ އެވެ. ސަޕޯޓަރުން ބުނާގޮތުގައި މިއީ ރިހާނާގެ ދިރިއުޅުމުން ފެންނަ އުފާވެރި އަދި އެހާމެ ހާއްސަ ދަނޑިވަޅެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރިހާނާ ވަނީ ބަނޑުބޮޑު ދުވަސްވަރު އާންމުންގެ ތެރެއަށް ނުކުމެ، އަންހެނުންގެ ސޫރައާއި ފެޝަނަށް ބޮޑު ބަދަލެއް ގެނެސްދީފައެވެ. އޭނާގެ މަސައްކަތާއި އާއިލީ ދިރިއުޅުން އެކުގައި ކުރިއަށްގެންދާ ގޮތަކީ ގިނަ ބަޔަކަށް ނަމޫނާއެކެވެ. އެއްމާބަނޑު ދެ ކުދިންނާއެކު ރިހާނާގެ ދިރިއުޅުމުން ކުރިއަށް އޮތް ތަނުގައި އިތުރު އުފާވެރިކަމާއި ފުރިހަމަކަން ފެނިގެންދާނެ ކަމަށް އޭނާގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;