މި ފޮޓޯއަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ހާލަންޑް ވެސް ވަނީ މި ފޮޓޯއަށް ރިއެކްޓްކޮށް، އެ ބުޅަލަށް ތައުރީފުކޮށްފަ އެވެ.
މި ފޮޓޯއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެނެސްގެން ތައްޔާރުކޮށްފައިވާ އަޅި ކުލައެއްގެ ބުޅަލެއްގެ ފޮޓޯއެކެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ މި ބުޅަލުގެ މޫނުމަތީގެ ސިފަތަކާއި ހާލަންޑްގެ މޫނުމަތީގެ ސިފަތަކާ ހުރި އެއްގޮތްކަން ފާހަގަކޮށް، އެ ބުޅަލަށް "އާލިން މިއޯލަންޑް" ގެ ނަމުން ނަންދީފަ އެވެ.
އިންޓަނެޓުގައި މި ފޮޓޯ އާންމުވުމާއެކު، ހާލަންޑް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަމަށް މަޖާ ރިއެކްޝަނެއް ދީފަ އެވެ. ހާލަންޑްގެ މި ރިއެކްޝަނާއެކު ސޯޝަލް މީޑިއާގައި މި ފޮޓޯ އިތުރަށް މަގުބޫލުވެ، ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;