"ޒެލް" އިން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވަނީ، އެކުވެރިންނާއެކު ދާ ދަތުރުތަކާއި ހަފްލާތަކުގެ ހަރަދުތައް އެކަކު ކުރި ނަމަވެސް، އެ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި، ގްރޫޕް ހަރަދުތަކަށް ފައިސާ ދީފައިވާ ޖެން ޒީގެ 76 ޕަސަންޓު މީހުންނަށް އެ ފައިސާ ފުރިހަމައަށް އަނބުރާ ލިބިފައެއް ނުވެ އެވެ. އަދި އެކަމުގެ ސަބަބުން 47 ޕަސަންޓު ޒުވާނުން ދަރަނިވެރިވެފައިވާއިރު، 55 ޕަސަންޓަށްވުރެ ގިނަ މީހުންގެ ގުޅުންތަކަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. މީގެ އިތުރުން، ފައިސާގެ މައްސަލަތަކާ ހުރެ 14 ޕަސަންޓު މީހުން ވަނީ އެކުވެރިކަމުގެ ގުޅުން މުޅިން ކަނޑާލާފަ އެވެ.
ފައިސާ ދެއްކުމަށް އޮންނަ ނުތަނަވަސްކަމުގެ ސަބަބުން ޖެން ޒީގެ 20 ޕަސަންޓު މީހުން ޗެޓް ގްރޫޕްތައް މިއުޓްކުރުމާއި، ރޭވުންތައް ކެންސަލްކޮށްގެން ފައިސާ ނުދައްކައި ރެކެން މަސައްކަތްކުރެ އެވެ.
ހަރަދުތައް ހިއްސާކުރުމުގައި އުފެދޭ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، ހަރަދުކުރުމުގެ ކުރިން ފައިސާ ދައްކާނެ ގޮތުގެ ސާފު އުސޫލުތަކެއް ކަނޑައެޅުމަށާއި، އޮންލައިންކޮށް ވަގުތުން ފައިސާ ފޮނުވޭ ވަސީލަތްތައް ބޭނުންކުރުމަށް މާހިރުން އިރުޝާދުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;