ads
މިއަދު ބޭއްވި ރަސްމީޔައްތުގައި މިނިސްޓަރު ޝިޔާމް ވާހަކަ ދެއްކެވުމުގެ ތެރެއިން
6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި
6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި އެވެ.
Advertisement

މި ކަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ފެށުމަށް ބޭއްވި ރަސްމިއްޔާތު ސަރަފުވެރި ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމުގައި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ހިތްގައިމު ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ގައުމު ކަމަށާއި ކުލަގަދަ މުރަކައިގެ ފަރުތަކާއި ބޮޑެތި ކަނޑުގެ ދިރުންތަކަކީ ރާއްޖޭގެ އިގުތިސާދާއި މުޖުތަމައުތައް ދަމަހައްޓައިދޭ އަސާސް ކަމުގަ އެވެ. 

"ސަރުކާރުން އިސްކަންދެނީ ސައިންސްގެ އަލީގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އިގުތިސާދީ ތަނަވަސްކަން ހޯދައިދިނުން މި ސިމްޕޯޒިއަމްގައި ހިއްސާކުރެވޭ އިލްމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯޒިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.

your image6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ސިމްޕޯޒިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެވެ. 

މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެ އެވެ. 

މި ފަހަރުގެ ސިމްޕޯޒިއަމަށް ހުށަހަޅާފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;