ޖަންނަތަކީ އާންމުކޮށް ދިވެހިންގެ ތެރެއިން ފެނިގެންދާ ލޯބީގެ ފިލްމުތަކާއި ވަރަށް ބޮޑަށް ތަފާތު ނަމަވެސް ވަރަށްވެސް އަސަރުގަދަ މޮޅު ފިލްމެއްކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ސަަބަބަކީ މި ފިލްމުން ފެނިގެންދަނީ ވަރަށް ވެސް ތަފާތު ވާހަކަ އަކަށް ވެގެން ދާތީ އެވެ.
ދެން މި ފިލްމުގެ ތަރިންގެ އެކްޓިންއަށް ބަލާލާ އިރު މި ފިލްމުގައި ހަރަކާތްތެރިވާ އެއްވެސް ފަންނާނެއްގެ އެކްޓިން ދެރަ އެކޭ ބުނެވޭ ކަށް ނެތެވެ. އެންމެ ފާހަގަ ކޮށްލަން ޖެހެނީ މި ފިލްުމުގައި ޝަރަފްގެ އަދާކޮށްފައިވާ ރޯލް އަދާކޮށްފައިވާލެއް ފުރިހަމަ ކަމުގެ ވާހަކަ އާއި މި ފިލްމުގައި ޖަންނަތުގެ ރޯލުން ފެނިގެންދާ މާހްރީން މުހައްމަދު އަލީ (މަފިން) ގެ މޮޅު އެކްޓިންގެ ވާހަކަ އެވެ.
މިފަހަރު ވެސް ޑާކް ރެއިން ވަނީ ބެލުންތެރިންގެ ލޯ ކަރުނުން ފޯކޮށްލާފައި އެވެ.
"ޖަންނަތު" އަކީ ކުޑަކުދިންނަށް ވެސް ބެލޭނެ ފަދަ (ޕީޖީ ރޭޓިންގްގެ) އާއިލީ ފިލްމެކެވެ.
އަސަރުގަދަ މައުލޫތަކެއްގެ މައްޗަށް ބިނާވެފައިވީ ނަމަވެސް، މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ގުޅިގެން ބަލާލެވޭނެ ފުރިހަމަ އުފެއްދުމެކެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލް އެވެ. އަދި ފިލްމުގެ ސިނަމެޓޯގްރަފީ ހަދާފައިވަނީ ކާމިޔާބު ފިލްމު "ބިބީ" ގެ ވެސް ކެމެރާގެ މަސައްކަތްތައް ކުރި އަހުމަދު ޒިފާފު އެވެ.
މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި، ޝުހާ އާއި، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އާއިދާ، އަފްރާހް އަދި އަންޖީ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ޓްރެއިލާތަކަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މީގެ ޓިކެޓުތަކަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އޮލިމްޕަސް ސިނަމާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކުގައި ވެސް "އައިލެންޑް ސިނަމާ" މެދުވެރިކޮށް މި ފިލްމު އަޅުވައިދިނުމުގެ ފުރުސަތު ޕްރޮޑަކްޝަން ހައުސް އިން ވަނީ ހުޅުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;