ads
އެސްޖޭ އިން ހުޅުމާލޭގައި ހަދަމުން އަންނަ މިސްކިތް
ހުޅުމާލޭގައި އެސްޖޭއިން އިމާރާތް ކުރަމުން އަންނަ މިސްކިތް މިއަހަރު ނިމޭނެ: ޝަހީމް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަން ފަށާފައިވާ މިސްކިތުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އިދާރީ ގޮތުންނާއި މިސްކިތް ޑިޒައިންކޮށްފައި ހުރި ގޮތުން އެސްޖޭ ކުންފުންޏަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށެވެ. 

"އެހެންކަމުން އިންޖިނޭރުންގެ އާ ނަޒަރިއްޔާތަކާ އެކުގައި އެ ޑިޒައިނަށް މިހާރު ވަނީ ބަދަލުތަކެއް ގެންނަވާފައި، އެޗްޑީސީއާ މަޝްވަރާކުރެވިގެން، އަޅުގަނޑުމެން މި އުއްމީދުކުރަނީ ﷲ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ މަަޝްރޫއު ނިމޭނެކަމަށް،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިސްކިތުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ. އެ މިސްކިތް ނިންމުމަކީ ސަރުކާރުގެ އަޒުމެއް ކަމަށާއި މި ސަރުކާރުން އެ މިސްކިތް ނިންމައި ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ކައިރީ، ސަލާޙުއްދީން ސްކޫލާ ޖެހިގެން އޮންނަ ބިމުގައި އެ މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފައި ވަނީ ޖެނުއަރީ 2022 ގަ އެވެ.

އެސްޖޭ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ، މާލޭގެ ޒިކުރާ މިސްކިތް އެޅުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭއިން ހުށަހެޅުމުން، ސަރުކާރާއެކު ކޯޓުން ބޭރުން ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ.

މައްސަލަ ބޮޑުވެފައިވާ އެސްޖޭގެ މިސްކިތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް މިނިސްޓަރު ޝަހީމް އެ އަހަރުގެ ކުރީކޮޅު ވިދާޅުވެފައި ވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;