ads
އާދަމް ޝަރީފް ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އެރުވުމުގެ ތެރެއިން
އާދަމް ޝަރީފް ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރަށް އަރުވައިފި
ދިވެހިރާއްޖެއިން ގަތަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް ޝަރީފު އުމަރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ސާނީ އަށް އަރުވައިފި އެވެ.
Advertisement

ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު އާދަމް ޝަރީފު އުމަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، ގަތަރުގެ އަމީރަށާއި، ގަތަރުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ދިވެހިރާއްޖެ އާ ގަތަރާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްޤީގެ  މަޝްރޫއުތަކަށް ގަތަރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. މީގެއިތުރުން ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، ދެ ޤައުމުގެ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގަތަރު އަމީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު އާދަމް ޝަރީފު އުމަރަށް  މަރުހަބާ ވިދާޅުވެ ވެހިރާއްޖޭއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ  ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;