ads
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުން
ރައީސް މުއިއްޒުގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންފި
ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އއ. އުކުޅަހަށް މިއަދު ވަޑައިގެންފި އެވެ.
Advertisement

ރައީސްގެ މި ދަތުރަކީ އދ. ގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދާ ސިމްޕޯޒިއަމް ނިންމާލުމުގެ ރަސްމިއްޔާތަށް ކުރައްވާ ދަތުރެކެވެ.

މި މަހާސިންތާގައި މިއަދު ބާއްވާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުން އަދާކުރާ ދައުރުގެ މައްޗަށް ކުރިއަށް ގެންދާ މަޝްވަރާތަކެވެ. އަދި ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމާއި ގުޅޭ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަހާސިންތާގެ ދަށުން މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;