ads
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ބީއެމްއެލްގައި ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ޑޮލަރުން ދޭން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ލިބޭ ގޮތަށް ތައާރަފްކުރި ސްކީމްގެ އިންވެސްޓްމަންޓާއި ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެ ބޭންކުން މިއަދު ބަދަލުކޮށްފި އެވެ.
Advertisement

ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރުމަށް ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު އެވެ. 

އެ ސްކީމްގެ ދަށުން ބޭންކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ޑޮލަރުން އިންވެސްޓްކުރާ އަދަދަކަށް ހަމަ އެވަގުތު ދިވެހި ރުފިޔާއިން އަރާވަރު ލިބެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ޑޮލަރު ބޭންކުން އެކިކަންކަމަށް ހަރަދުކޮށްގެން ލިބޭ ފައިދާއިން 25 އިންސައްތަ ޑޮލަރު އިންވެސްޓްކުރު މީހާއަށް ދެއެވެ.

ބީއެމްއެލް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި އޭގެ ފައިދާ ވެސް ޑޮލަރުން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

" ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފަ އެވެ. މި އިންވެސްޓްމަންޓުން ލިބޭ ނަފާ އާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުންނެވެ،" ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;