ads
އއ. އުކުޅަހުގައި ފަސް ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރުން
އުކުޅަހުގައި ފަސް ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރަނީ
އއ. އުކުޅަހުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
Advertisement

މިއަދު މެންދުރު ފަހު އުކުޅަހުގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރާއްޖޭގައި ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން އައިސްޕްލާންޓެއް އަޅާ މިއީ ފުރަތަމަ ފަހަރެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒު އުކުޅަހަށް ވަޑައިގެން މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ކުންފުންޏާ މިއަދު ހަވާލުކުރި މަޝްރޫއުގައި އަޅާނީ ފަސް ޓަނުގެ އައިސް ޕްލާންޓެކެވެ.

އުކުޅަހާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އައިސްގެ ހިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ގާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ އެ އަތޮޅުގެ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;