ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އިންޖީނުގެ އެއް ބައްލަވާ ލައްވަނީ
ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްގީކުރަނީ
ހުޅުމާލޭގައި 70 މެގަވޮޓްގެ ކަރަންޓު އުފެއްދޭ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އަޕްގްރޭޑްތައް ހުރި ކަމަށެވެ.

"އަންނަ އަހަރާއި 2028 ގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްލޭންކޮށްފައި ވަނީ މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ހުޅުމާލޭ 2 ގައި ތަރައްގީކުރުމަށް" އޭނާ ވިދާޅުވި އެވެ.

އިންޖީނުގެ ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއާއި އިންވެގެން އޮތް ބިމުގައެވެ. މިއީ ފިފްތު ޕަވަ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހުޅުމާލޭ 2 ގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. 

ހުޅުމާލެ 1 ގައި މިހާރު އާންމުކޮށް ބޭނުންކުރަނީ 50 މެގަވޮޓްގެ އިންޖީނުގެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;