މިއަދު ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ސްޓްރެޓީޖިކް ޕްލޭނަކީ 2026-2029 އަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި ސަމާލުކަން ދޭނެ ކަންކަމުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ޕްލޭނެކެވެ.
މޫސުމީ ބަދަލުތަކާއި، ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ވަސީލަތުގެ ދަތިކަމާއި، ކުރިއެރުމަށް އޮންނަ ޕްރެޝަރާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާން ޖެހޭކަމަށްވެސް ނިޔާޒީ ވިދާޅުވި އެވެ.
ތިން ދުވަހަށް ކުރިއަށް ގެންދިޔަ، ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާގެ މަގުސަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި އެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުމެވެ. މި މަހާސިންތާއަށް ފަހު ފަށާ (އައިޑީއައި ގްލޯބަލް ސަމިޓް)ކުރިއަށް ދާނީ މި މަހުގެ 6-7އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;