ads
ނިމުނު އަހަރުގެ ވަރަ އެކްސްޕޯގެ ބައިވެރިއަކު ބީއެމްއެލްގެ ސްޓޯލްގައި -- ފައިލް ފޮޓޯ: ބީއެމްއެލް
ވަޒީފާ އާއި ހުނަރަށް އަހުލުވެރިކުރުވާ "ވަރަ އެކްސްޕޯ" މިއަދު ހަވީރު ފަށަނީ
މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އެކްސްޕޯ ކުރިއަށްދާނެ
ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ "ވަރަ އެކްސްޕޯ"ގެ މި އަހަރުގެ އެޑިޝަން މިއަދު ހަވީރު ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށްދާ "ވަރަ އެކްސްޕޯ" ވެގެންދާނީ ތައުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ ފުރުސަތުތައް ހޯދާ ފަރާތްތަކަށް މުހިންމު އެކްސްޕޯ އެކެވެ. މީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގްޞަދުގައި ބާއްވާ ހަރަކާތެކެވެ.

އެ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކީ ސަން ސިޔާމް ރިސޯޓްސް އެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ވެސް އެ އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ވަނީ ބައިވެރިވެފަ އެވެ.

"މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެ އެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ އެ އެކްސްޕޯ ބަހާލާފައި ވަނީ މައިގަނޑު ހަތަރު ޒޯނަކަށެވެ. އެއީ

  • ކެރިއާ ޒޯން:34 ބައިވެރިން
  • އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
  • ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން
  • މާކެޓް ޒޯން: 73 ބައިވެރިން
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް