ads
ވިލާކޮލެޖުގެ ދަސްވެނިވުމުގައި ގާސިމް އިބްރަހިމް
ގާސިމަށް އަނެއްކާވެސް މި ސަރަހައްދުން ފަހްރުވެރި އެވޯޑެއް
ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް 'އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026'ގެ އެވޯޑު ލިބިވަޑައިގެންފި އެވެ.
Advertisement

އޭޝިއާ ސެންޓަ ފޯ އެންޓަޕްރިނިއާޝިޕްގެ މި އެވޯޑަކީ ވިޔަފާރި ކުރިއެރުވުމަށާއި އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް ގާސިމަށް އެރުވި އެވޯޑެކެވެ. 

އިއްޔެ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގާސިމްގެ ފަރާތުން އެ އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަލެއް ކަމަށްވާ އުމަރު އަރުކާން ގާސިމެވެ. 

your imageގާސިމްއަށް ލިބުނު އެވޯދާއި ދަރިކަލުން އުމރު ހަވާލުވެޑައިގަންނަވަނީ

މި ހަފްލާގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަށް ވަނީ "ފާދާ އޮފް އެންޓަޕްރިނިއާޝިޕް ޑިވެލޮޕްމަންޓް، މެލޭޝިއާ" ގެ ޝަރަފުވެރި އެވޯޑުވެސް އަރުވާފައެވެ. 

ގާސިމަށް އެވޯޑް ލިބިޑައިގެންނެވި މި ރަސްމިއްޔާތުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ. 

ގާސިމް ގެންދަވަނީ ތައުލީމާއި އެހެނިހެން ދާއިރާތަކަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް