ads
ފެރާރޯ ޗީޒް ކޭކް---
ސީއެންއެމް ބަދިގެ: ފެރާރޯ ޗީޒް ކޭކް
މިއަދުގެ ސީއެންއެމް ބަދިގޭގައި މި ގެނެސް ދެނީ ފެރާރޯ ޗީޒް ކޭކް ތައްޔާރު ކުރާނެ ގޮތެވެ.
Advertisement

  ބޭނުންވާ ތަކެތި: 

  • 1 1/2 ޖޯޑު ސަވާ ކްރީމް
  • 200 ގްރާމް ހެޒަލްނަޓް
  • 5 މޭޒުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރު (ދިޔާކޮށްފައި)
  • 170 ގްރަމް ޑާކް ޗޮކްލެޓް
  • 8 ފެރާރޯ ޗޮކްލެޓް
  • 85 ގްރާމް ހަކުރު
  • 1/2 ސައިސަމްސާ ވެނީލާ އެސެންސް
  • 1 1/2 ޖޯޑު ކްރީމް ޗީޒް
  • 4 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރު
  • 1 ޖޯޑު ކޯންފްލޭކްސް (ހިމުނު ކޮށްފައި)

 ތައްޔާރުކުރާނެ ގޮތް: 

ފެރާރޯ ޗީޒް ކޭކް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ކޯންފްލޭކްސް އާއި ބަޓަރު އަދި ކޮކޯ ޕައުޑަރު އެޅުމަށް ފަހު އެއްކޮށްލާށެވެ. އޭގެ ފަހުން ޓްރޭއަކަށް އެއްކޮށްލި ސާމާނު އެޅުމަށް ފަހު ބޭސް ތައްޔާރުކޮށް، ސެޓް ކުރަން ފްރިޖަށް ލާށެވެ.

އަވަނުގައި ހެޒްލް ނަޓްތައް ޓޯސްޓްކޮށްލުމަށް ފަހު މުގުރާލާށެވެ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސް އާއި ކްރީމް ޗީޒްގެ ދެބައި ކުޅަ އެއްބައި އަދި ސަވާ ކްރީމްގެ ދެބައިކުޅަ އެއްބައި އަޅާ އެއްކޮށްލާށެވެ. 

މި ތައްޔާރުކުރި ސާމާނު، ކޯންފްލޭކްސް ބޭސްގެ މައްޗަށް އަޅާ ފަތުރާލުމަސް ފަހު އަނެއްކާ ވެސް ފްރިޖަށް ލާށެވެ.

އޭގެ ފަހުން ޗޮކްލެޓް ދިޔާކުރުމަށް ފަހު ބާކީ ހުރި ކްރީމް ޗީޒާއި ސަވާ ކްރީމްއެއަށް އެއްކޮށްލާށެވެ. ދެން ކުރިން ތައްޔާރުކުރި ލޭޔާގެ މައްޗަށް އަޅާލުމަށް ފަހު ފަތުރާލާށެވެ. އަދި އޭގެ މައްޗަށް ފެރާރޯ ޗޮކްލެޓްތައް އަތުރާލާށެވެ. 

މިގޮތަށް ހެދުމަށް ފަހު ގާތްގަނޑަކަށް ބައިގަޑިިއިރު ފްރިޖުގައި ބެހެއްޓުމުން ހުންނާނީ ފެރާރޯ ޗީޒް ކޭކް ތައްޔާރުކުރެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް