ads
އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ
އެންސްޕާއިން މަރުވެފައި ތިބި 700 މީހުންގެ އެކައުންޓަށް މިލިއަނުން ފައިސާ
މަރުވެފައިވާ 700އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
Advertisement

ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން، އެންސްޕާގެ އާ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ މަރުވެފައި ތިބި ބައެއްގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާވީ އެންސްޕާގައި ރަޖިސްޓަރީވާ މީހުންގެ މައުލޫމާތު އަޕްޑޭޓް ނުކުރާތީކަމަށެވެ. 

ޝިރުނާ ވިދާޅުވީ އިޖުތިމާއީ އެހީތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމަށް ކުރަން މަސައްކަތް ކުރަމުންދާކަމަސެވެ. އެހެންނަމަވެސް އެ މަސައްކަތަށް ކުރަމުން އައި މޮނީޓަރިން ސެކްޝަން 2020ގައި އުވާލުމާއި ގުޅިގެން، މަސައްކަތް ހުއްޓިފައިވާ ކަމަށް ޝިރުނާ ވިދާ:ޅުވިއެވެ. އަދި އެކަމުގެ ސަބަބުން މަރުވެފައިތިބި ބައެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރެވި އެކަމުގެ ގެއްލުން ދައުލަތަށް ކުރިމަތިވެފައިވާކަމަށެވެ.

"މިހާރު އަޅުގަނޑު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން." ޝިރުނާ ވިދާޅުވި އެވެ.

އެންސްޕާގެ މޮނީޓަރިން ސެކްޝަންގެ ބެލުމުގެ ދަށުން، އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ގިނަ ބަޔަކު ތިބެ އެވެ. އޭގެ ތެރޭގައި ގުރައިދޫގައި ހުންނަ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނާއި އެކަނިވެރި މައިން ނުވަތަ ބަފައިންނާއި ފަގީރުންގެ ލިސްޓުގައި ތިބޭ މީހުން ހިމެނެ އެވެ. އެ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ބަލައި، އެ ލިސްޓު އަޕްޑޭޓް ކުރުމަކީ އެ ސެކްޝަންގެ ޒިންމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;