މިހާރު ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި ތޯރިގް އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހު ފަހުކޮޅު އެވެ.
ތާރިގު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދިނީ 57 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ތާރިގުވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އަދި މި ސަރުކާރުގައިވެސް އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ 2026 އޭޕްރިލް 14 ވަނަ ދުވަހު އެވެ. އެއަށްފަހު ތާރިގު އިބްރާހީމް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް 2026 އޭޕްރިލް 27ގައި ވަނީ އައްޔަންކުރި އެވެ.
ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ އާ ސަފީރުކަމުގެ ފަތްކޮޅު ތާރިގު އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އަށް އެރުވީ މިދިޔަ ޖޫންމަހުގެ 30 ވަނދުވަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;