އެ ކުންފުނިން ބުނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމާ ގުޅޭ ގޮތުން އެސްޓްރާޒެނެކާ އާ އެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
މި ބައްދަލުވުމުގެ މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކޮށް ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށް، ސްޓޭޓްފާމާއިން ބުނެެއެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވެސް އެސްޓްރާޒެނެކާ އާ އެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ސަރުކާރު ބޭސް ކުންފުނިން ބުނެއެވެ.
ސްޓޭޓްފާމާ އިން ބުނީ ދިވެހީންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުން އަންނަކަމަށެ ވެ. މި މަސައްކަތުގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ސްޓޭޓްފާމާއިން ވަނީ ބުނެފަ އެވެ.
އެސްޓްރާޒެނެކާ އަކީ ކޮވިޑް 19ގެ ދުވަސްވަރު އެ ބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ވެކްސިން އުފެއްދި އެ ކުންފުންޏެވެ. އެ ކުންފުނީގެ ވެކްސިން އެދުވަސްވަރު ރާއްޖެ އެތެރެކޮށް ގިނަ އަދަދެއްގެ ދިވެހިނަށް ވަނީ ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;