އަދި އެ ހާދިސާގައި ގާތްގަނޑަކަށް 1.3 މިލިއަން މީހަކަށް އެކަމުގެ ނޭދެވޭ އަސަރުކުކޮށްފައިވާ ކަމަށް އޮފިޝަލުން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 7,600 އަށްވުރެ ގިނަ މީހުން ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ރިލީފް ކޭމްޕުތަކަށް ބަދަލުކޮށްފައި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.
ގިނަ ސްޓޭޓްތަކަށް ފެނުގެ އަސަރުކޮށްފައިވާއިރު، ކެރެލާގެ ފަރުބަދަމަތީ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ހިސާބުތަކުގެ ބޮޑެތި މަގުތައް ބަންދުވެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ.
އިންޑިއާގެ ޑިޒާސްޓާ މެނޭޖުމަންޓުން ބުނި ގޮތުގައި ސަރުކާރުން ދަނީ ފަސް އަވަށެއްގައި 55 ރިލީފް ކޭމްޕާއި އެހީ ފޯރުކޮށްދޭ ސެންޓަރު ހިންގަމުންނެވެ. އަދި އެ ތަންތަނުގައި ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ 11250 މީހަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;