ads
ޕްރީތީ ޒިންޓާއާ އާއި ބްރެޓް ލީ
ޕްރީތީ ޒިންޓާއާ ހިތާވި ކަމަށް ދެކެވޭ ވާހަކަތައް ބްރެޓް ލީ ދޮގުކޮށްފި
އޮސްޓްރޭލިއާގެ ކުރީގެ މަޝްހޫރު ފާސްޓް ބޯލަރު ބްރެޓް ލީ، އިންޑިއާގެ ބޮލީވުޑް އެކްޓްރެސް ޕްރީތީ ޒިންޓާއާ ލޯބީގެ ގޮތުން އުޅުނު ކަމަށް ދެކެވޭ ގިނަ ދުވަސްވީ އަޑުތައް އެންމެ ފަހުން ދޮގުކޮށްފި އެވެ.
Advertisement

މި އަޑުތައް ފެތުރެން ފެށީ އިންޑިއަން ޕްރީމިއާ ލީގު (އައިޕީއެލް) ގެ ކިންގްސް އެކްސްއައި ޕަންޖާބު (މިހާރުގެ ޕަންޖާބު ކިންގްސް) އަށް 2008 އިން 2010 އަށް ބްރެޓް ލީ ކުޅުނު ދުވަސްވަރު އެވެ.

ޕްރީތީ ޒިންޓާއަކީ އެ ޓީމުގެ އެއް ހިއްސާދާރަށް ވެފައި، މެޗުތަކާއި ހަރަކާތްތަކުން ދެމީހުން އެކުގައި ގިނައިން ފެނުމުން ދެމީހުން ލޯބީގެ ގޮތުން އުޅޭ ކަމަށް ސޯޝަލް މީޑިއާއާއި މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ.

"ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ބްރެޓް ލީ ބުނީ، އޭނާ ދުވަހަކުވެސް ބޮލީވުޑް އެކްޓްރެސަކާއެކު ލޯބީގެ ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. އަދި ޕްރީތީއާ ދެމެދު އޮތީ ހަމައެކަނި ގާތް އެކުވެރިކަމުގެ ގުޅުމެއް ކަމަށް އޭނާ ބުންޏެވެ.

ބްރެޓް ލީ ބުނި ގޮތުގައި، ޕަންޖާބު ޓީމުގައި އުޅުނުއިރު ޕްރީތީއަކީ ޓީމުގެ އިސް އޮފިޝަލެއްގެ އިތުރުން ވަރަށް ބުއްދިވެރި، އޭނާ ވަރަށް އިހުތިރާމްކުރާ އަންހެނެކެވެ. އަދި ހަގީގަތް އެނގޭތީ، މީހުން ދެއްކި އެފަދަ ވާހަކަތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށްވެސް ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން މީގެ ކުރިން ޕްރީތީ ޒިންޓާވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ އޭރު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ކޮންމެ އަހަރަކު ބްރެޓް ލީއާ އޭނާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ ބުރާނަވެފައިވާ ބާ އަޑުތަކެއް ކަމަށާއި، ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;