ads
މިދިޔަ އަހަރު ވެސް ދިރާގުން ވަނީ ގޭމިން ކޮންކުއެސްޓް ބާއްވާފައި. ގޭމިން ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ލިބިފައިވޭ - ފޮޓޯ: ދިރާގު
ދިރާގު ގޭމިން ކޮންކުއެސްޓް 2026 ގައި ރަޖިސްޓްރީވާން ހުޅުވާލަނީ
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް ޑީޖީޖީއިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް ޑީއެމްޖީސީ 2026، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަން ދިރާގުން އިއުލާންކޮށްފި އެވެ.
Advertisement

ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާ ޑީޖީޖީން އިންތިޒާމުކުރާ މި މުބާރާތަކީ، ރާއްޖޭގެ ގޭމިން ދާއިރާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މިއީ މި ދާއިރާއަށް ދިވެހި ޒުވާނުންގެ މެދުގައި އޮތް މަގުބޫލުކަމާއި ތަރުހީބު ހާމަކޮށްދޭ ހެއްކެކެވެ.

މިއަހަރުގެ މުބާރާތުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. މިއަހަރުގެ މުބާރާތުގައި ހިމެނޭ ގޭމްތަކަކީ؛

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގް، އެފްސީ 26 އަދި ޓެކެން 8 އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށް ވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިވެ، ޖުމްލަ 150,000ރ. ގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;