ads
ދޯނި އަޑިޔަށް ދިޔަ ސަރަހައްދު
ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭ ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
ސަޕްލައި ދޯންޏަކަށް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެ އެވެ.
Advertisement

އެމްއެންޑީއެފުން ބުނީ  ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި   "ފްރެންޑް 4" ދޯންޏަށް ރާޅު އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ،  ރޭގެ 22:37 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި  ދޯނީގެ ކައްޕިގެ އިތުރުން ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައި ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;