ads
ރަޢީސް މުއިއްޒުގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ
އުކުޅަހުގެ ހިއްކި ބިމަށް ދެ ހެކްޓަރު އިތުުރުކުރަނީ
އއ. އުކުޅަހުގައި ފްލެޓް އިމާރާތްކުރުމަށާއި ގޯތި ދޭން ހިއްކާފައިވާ ބިމަށް ދެ ހެކްޓަރު އިތުރު އެ ބިން ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރަޢީސް މުއިއްޒުގެ ދެ ކަނބަލުން މިހާރު އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެރަށުގައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ބާއްވާފަ އެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ބީހިޔާވަހިކަމްަށް ހައްލު ހޯދުމަށް ކައުންސިލާއި އެކު ކުރެވުނު މަޝްވަރާގައި އެރަށު ހިއްކި ބިމުމުގެ ސަރަހައްދަުން ިއތުރުި ސަރަހައްދު ހިއްކެން އޮތުމުން އެކަން ކޮށްދެވާނެކަމަށް ވިދާޅުވި ކަމަށެވެ. އެގޮތުން އެ ސަރަހައްދުން އިތުރު ދެ ހެކްޓަރުގެ ބިން ހިއްކަވާދެއްވާނެކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

" މި ރަށުގެ ތަރައްގީ އަށް ހުރި ކަންކަމުގައި އަޅުގަނޑު ވަރަށް ތަފްސީލްކޮށް ވާހަކަ ދެއްކިން. ގޯތީގެ މައްސަލަ، ބޯހިޔާވިކަމުގެ މައްސަލަ، ބޯހިޔާވަހި ކަމުގެ ކަންތައްތައް. މިކަމަށް އަޅުގަނޑު ހަމަ ދެންނެވިން ހިއްކާފައި އޮތް ބިން އަދި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް، ލެވެލް ކުރުމާއި މި ކަހަލަ ބައެއް ކަންތައްތައް ހުރުމާއި އަދި ކޮންމެވެސް ވަރަކަށް ޖާގަކޮޅެއް އިތުރަށް ބޭނުންވާތީ، ގާތްގަނޑަކަށް ދެ ހެކްޓަރުގެ ބިން އިތުރު ކޮށްދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަ؛ވުމުގައި އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެގޮތުން ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ހައުސިން ޔުނިޓްތަކެއް ގާއިމުކުރުމަށާއި ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމަށާއި މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުހަދައިދިނުމަށް ކައުންސިލްގެ ފަރާތުން އެދުނުކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ.  އަދި، ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިކަން، މި ބައްދަލުކުރުމުގައި ކައުންސިލަރުން ހިއްސާކުރި އެވެ. މީގެ އިތުރުން ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ޙަވާޅުކުރުމަށާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދުނު ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;