ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ވަނީ ގެއްލި ފައެވެ.
އެމީހުން ހޮދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯރާނާއި މޯލްޑިވިއަންގެ ބޯޓެއް އަންނަނީ ހަރަކާތްތެރި ވަމުން ނެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ މީހުން ހޯދުމުގެ މަސައްކަތްކުރަމުންކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ޑްރޯންއިން ނަގާފައިވާ ފޮޓޯޢެއް
"ފްރެންޑް 4" ދޯންޏަށް ރާޅު އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، ރޭގެ 22:37 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;